މަރު އައިސް ގޮވައިލާ ހިނދު…

މަސްތުގައި ތިއްބާ މިތާ، މަރު އައިސް ގޮވާލާނޭ އިނގޭ
އަސްތަ އަސްތާ އެހިނދުގާ، ތަޢުބާ ކުށަށް ނުވެވޭ އިނގޭ
ނަސްލަކުން މޮޅު އައިސްވިޔަސް، ކުރެވޭ ކަމެއް ހަމަ ނޯވެޔޭ
ބަސްބުނާ ހިނދުކޮޅުތެރޭ، ދުނިޔޭން ތިބާ ނިމިދޭ އިނގޭ
ރަސްކަލެއް ކަމުގާ ވިއަސް، ބާރެއް އެހިނދު ލިބުމެއް ނުވޭ
ފަސްގަނޑަށްލާ ފަސްލިޔަސް ، އެކަމާ ދެކޮޅު ނުހެދޭ އިނގޭ
ލަޝްކަރީން ހަށިފާރައަށް، ބައިތިއްބިއަސް ހަމަ ރޭދުވާ
ލަސްތަކެއް ނުވެ ހަށި ފުރާނަ، ދެތަންވެގެން ދާނޭ އިނގޭ
ރަސްކަމުގެ ތާޖާއި ފޭރާން، މަރުވުން ތުރު ނުކުރެވޭ
ފަސްކަފުން ނޫނީ އިތުރު، އެއްޗެއް ގަޔަށް ނުމެހޭ އިނގޭ
އުސް އިމާރާތް ތަކުތެރޭ، ރަންރިހި ބޮޑެތި ގަނޑުވަރުތެރޭ
ގޮސް ފިލާ ބޮޑުފޮށި ތެރޭ، އޮތްކަމަކު މަރުވާނޭ އިނގޭ
ފަސްވަގުތު މުސްކުޅިވުމުން، ނާޅާ ނަމާދު ކުރާނަމޭ!
ގަސްތުކޮށްގެން މިފަދައިން، ތިބެވެން ވަގުތު ނުލިބޭ އިނގޭ
ވިސްނުމަށް ގެންނަންޖެހޭ ކަންކަން މިހިރަ ގައިމޭ ތެދޭ
ގިސްލަމުން ރޯނޭ ޝަޒާ، އާޚިރުގަ ލިބިދިޔުމުން އިނގޭ
ލަސްނުކޮށް ތަޢުބާވަމާ، މަރު ވޭ ނުލާހިކު ގާތުގާ
ފަސްނުކޮށް ހެޔޮޢަމަލުތައް ކުރުމުން ފަހުން މޮޅުވޭ އިނގޭ

50% feel ވަރަށް ސަޅި.
1 :thumbsup: ވަރަށް ސަޅި
0 :heart: ސަޅި
0 :joy: އުފާވި
0 :heart_eyes: ހިންހަމަޖެހޭ
0 :blush: ރީތި
1 :cry: ރޮވުނު
0 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
އައިޝާ
Guest

ވަރަށް އިބުރަތްތެރި ޅެމެއް.. މާޝާﷲ. ޖަޒާކިﷲ ޚައިރާ.

wpDiscuz