ނުރައްކާތެރި ފަތެއް!

ފަތް ތަކުތެރޭވާ ވިހަ ފަތެއް،  ބޭނުން ކުރަން ނުމެވާ ފަތެއް
ދަތްތަކުގެ އަލި ކަނޑުވާ ފަތެއް،  ތުންފަތްވެ ކަޅު ހަޑިވާ ފަތެއް
ސުއްޓާގެ ގޮތުގައި ވާ ފަތެއް،  ސިނގިރޭޓްގާ ހިމެނޭ ފަތެއް
ހުއްޓާލުމަށް އުނދަގޫ ފަތެއް،  ދުފުމުގެ ތެރޭ ކެވިދާ ފަތެއް
ހަށިއެތެރެ ފާރުކުރާ ފަތެއް،  ލޭ ހޮޅި އެތަށް ބައްދާ ފަތެއް
ކަށި ފީވެ ބާރު ކެނޑޭ ފަތެއް، ކެއުމުން ބޮލަށް ގޮތްވާ ފަތެއް
ބަލިތައް ހިތުގެ ގިނަވާ ފަތެއް، ދީނުގެ ރުހުން ނުމެވާ ފަތެއް
ފަލިތައް މަރަށް ޖަހުވާ ފަތެއް، ކެންސަރު މެޔަށް ޖައްސާ ފަތެއް
ކަރު އެތެރެ ފާރުވެދާ ފަތެއް، ފުރަމޭ ހަލާކު ކުރާ ފަތެއް
ވަރުބަލިވެ ލޮޑުކޮށްލާ ފަތެއް، ކެއްސާ ކޮޅުންނުމެލާ ފަތެއް
ޖީބަށް ލެވޭހާ ކުޑަފަތެއް، އެހެނަސް ނުރައްކާ ބޮޑު ފަތެއް
ޖީބަށް ނުލާހިކު ބަރު ފަތެއް، ބޭކާރު ޚަރަދު ހިނގާ ފަތެއް
ރަޙުމަތްތެރިންވެސް ދޭ ފަތެއް، ނަމަވެސް ހިފަން ނުމެވާ ފަތެއް
ފަޚުރެއް ބުޔަސް ނުލިބޭ ފަތެއް، ފެޝަނަށްޓަކާ ބޮވިދާ ފަތެއް
މަސްތުވެ އެއަށް ހޭނެ ފަތެއް، ފައިސާތަކެއް ހުލިވާ ފަތެއް
ވަސް އަނގަތެރޭ ހަރުލާ ފަތެއް، ޖެހެމުން ވަބައިގާ ދާ ފަތެއް
ބުންވަރު ހަށިން ނެތިދާ ފަތެއް، ގަންނަން ނުވެސް ހެޔޮވާ ފަތެއް
“ދުންފަތް” ނަމަށް ކިޔުނޭ ފަތެއް، ދަންނަން މަވެސް އެބުނާ ފަތެއް

42% feel ވަރަށް ސަޅި.
9 :thumbsup: ވަރަށް ސަޅި
6 :heart: ސަޅި
1 :joy: އުފާވި
1 :heart_eyes: ހިންހަމަޖެހޭ
1 :blush: ރީތި
0 :cry: ރޮވުނު
3 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
Guest

im proud of u dear.

naahy
Guest

v v v furihama

wpDiscuz