ދުނިޔޭގައި އުޅޭއިރު…

އުޅޭއިރު ދުނިޔެއޭ މިކިޔާ، ތަނުގަ ޖެހެޔޭ ނިކަން ވިސްނަން
ކުޅޭނޭ ފުރުސަތެއް ޖަޒުބާތަކަށް ނުމެދީ ޖެހޭ ހޭލަން
މަލާމާތް ރައްދު ވެވިދާނޭ، ހިތަށް އެރިހާ ގޮތަށް އުޅުމުން
ސަލާމަތްކަން އެދޭނަމައީ، ރިވެތި ޚުލްޤެއް ޖެހޭ ހޯދަން
ވިދާހާ ކޮންމެ އެއްޗެއް އަދި، ރަނަށް ނުވެޔޭ ވިދާ ވިދުމުން
ފިދާކޮށް މުޅި ފުރާނައެކީ ، އެއަށް ނުމެދީ ޖެހޭ ދަންނަން
މުދާ ގިނަ މުއްސަނދިން ފަހަތުން، ލިބޭ ވަގުތީ އުފާ ހޯދަން
މުދާމަދު ނިކަމެތިން ދޫކޮށް، ޖެހޭ ދިޔުމުގެ ކުރިން ވިސްނަން
ތިމާއަށް ހެޔޮ އެދޭ މީހުން، ބަދަލުވާތަން ފެނޭ މާދަން
ދިމާވީމާ މިހެން ކަންކަން، ޖެހޭ ކެތްތެރިކަމެއް ހުންނަން
ކުރާ ހެޔޮކޮންމެ ކަމަކަށް އަދު ، ބަދަލުގައި ނުލިބެޔޭ ހެޔޮކަން
ތުރާލެއްކަމު ނުދެކި އެހެނަސް، ޖެހޭ ކޮށްދެން ބުނާ ކަންކަން
ޢަދާވާތްތެރި ވެޔޭ މިތުރުން، އެކީގާ އުޅެ ނުހަނު ގާތުން
ހަނދާންކޮށް އެފަދަ ހަތުރުންނާ، ޖެހޭ އެހިނދުން ދުރުވެގަންނަން
ވެދާ ހިނދު ދުނިޔެ ބަދަލުވަމުން، ދެޔޭ މީހުން ބަދަލު ކުރަމުން
ތެދާ ދޮގު ވަކިކުރަން ދެލޮލާ، ސިނކުޑި ޖެހެޔޭ މިތާ ހުޅުވަން

42% feel ވަރަށް ސަޅި.
3 :thumbsup: ވަރަށް ސަޅި
1 :heart: ސަޅި
0 :joy: އުފާވި
0 :heart_eyes: ހިންހަމަޖެހޭ
0 :blush: ރީތި
3 :cry: ރޮވުނު
0 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz