ބާރަށް ސައިކަލު ދުއްވާ ކުދިންނަށް

ސައިކަލަށް އެރުނަސް، ނުދުއްވާ ބާރު ބާރަށް މަގުތަކުން

ސައިކަލެއްކަން ދަނެ އެއީ، ދުއްވާފަ ދާށޭ މަޑުމަޑުން

ނުމެނެތަސް ލައިސަންސްލިބި، ދުއްވާހެދީ ބިރު ކުޑަކަމުން

ނުމެނެތޭ ލިބި ހުއްދައެއް، ލައިސަންސް އަތުގައި ނެތްކަމުން

ދުއްވަމުން ދާއިރު ތިހެން، ފޯނާއި ކުޅެމުން އެއް އަތުން

ދުއްވަމުން ގޮސް ވެއްޓުމުން، “ކަޑަވާނެ” ބަޔަކަށް ފެނިލުމުން

މޮޅުކަމެއް ހުރި ދައްކަމުން، ސައިކަލު ފުރޮޅު ހިއްލާލުމުން

މޮޅުވެފައި އޮންނާނެއޭ، “ގުޅަޖެހި” “ތަނެއް” ބިންދާލުމުން

ތިން ހަތަރު މީހުން އެކީ، އެއް ސައިކަލެއްގައި ދުއްވުމުން

ދެން ވަރަށް “ތާހިރުވެޔޭ” ، ފުލުހުން އައިސް ހިފެހެއްޓުމުން

ދެއްކުމަށް “ފޮނި” ފެންނަހާ، އަންހެން ކުދިންނަށް އަމުދަކުން

ދެއްކި “ފޮނިކަން” ދާނެ ވެއްޓި، ތަނެއްގަ ބޯ ޖެހި ގޮނބިލުމުން

“ދުންޖަހާ” ދާ ރޮކެޓެއްހެން، ހޭބަލިވެގެން ގޮސް ދުއްވުމުން

ދެން ޔަޤީން “މަތަވުން” ވަނީ، ފާރެއް ބިމާ ހަމަ ކޮއްލަމުން

މަންޒިލަށް ފޯރާނެބާ؟ އަތްފައިގެ ހުޅުތައް ވަކިވުމުން

މަންޒިލެއްކަމު ހަސްފަތާލެއްވީ، މި ބީދައިން ކަންވުމުން

******************

 

51% feel ވަރަށް ސަޅި.
156 :thumbsup: ވަރަށް ސަޅި
14 :heart: ސަޅި
26 :joy: އުފާވި
6 :heart_eyes: ހިންހަމަޖެހޭ
46 :blush: ރީތި
8 :cry: ރޮވުނު
49 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz