އަލްޖީރިއާގެ ރަތްފަސް ސަހަރާއަށް 37 އަހަރުފަހުން ސްނޯފައިބައިފި

 

އަލްޖީރިއާގައި އޮންނަ ސަހަރާ އަކަށް ސްނޯ ފައިބައިފިއެވެ. ރަތް ކުލައިގެ ފަސްގަނޑެއް އޮންނަ މި ސަހަރާ އަށް ސްނޯ ފައިބައިފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ބުނެވޭ ގޮތުގައި،ފިނިހޫނުމިން އެވަރެޖު ގޮތެއްގައި ތިރީސް ޑިގްރީ ސެލްސިއަސް ގައި އޮންނަ މި ސަހަރާއަށް ސްނޯފައިބާފައިވަނީ، އިނގިރޭސިވިލާތަށް މިއަހަރު ސްނޯ ފޭބި ވަރަށް ވުރެން ބޯކޮންނެވެ.

އަލްޖީރިއާގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމުގައިވާ ކަރީމް ބޮޗެޓަޓާ މި މަންޒަރު ސިފަކޮށް ދީފައިވާލެއް ފުރިހަމަ ކަމުން، މި ސަހަރާ ވަނީ ދުނިޔޭގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ މީހުންނަށް ހައިރާން ކަމެއްގެނެސް ދިން ރީތި ސަހަރާ އަކަށް އެސަހަރާ ވެފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ ތިރީސްހަތް އަހަރަށް ފަހު ފެނުނު “ވިންޓާ ވޮންޑަރ ލޭންޑް” އެކެވެ.

މީގެ ކުރިން މި ސަހަރާ އިން ސްނޯގެ އަސްރު ފެނިފައިވަނީ 1979 ވަނަ އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހުއެވެ. އެފަހަރު ސްނޯ ގެ އަސަރު ކޮށްފައިވަނީ އެންމެ ބައިގަޑި އިރަށެވެ. ނަމަވެސް މިފަހަރުގެ ސްނޯގެ އަސަރު އެއްދުވަސް ވީ އިރުވެސް ކެނޑިގެން ނުދާ ކަމަށް “މެއިލް އޮންލައިން” ގައި ބުނެފައިވެއެވެ.

 

63% feel ވަރަށް ސަޅި.
12 :thumbsup: ވަރަށް ސަޅި
3 :heart: ސަޅި
0 :joy: އުފާވި
2 :heart_eyes: ހިންހަމަޖެހޭ
1 :blush: ރީތި
1 :cry: ރޮވުނު
0 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz