އަހަރެން އެދެނީ ކެރީއާއި އެކީ ވުމަށް: ކެރީ ފިޝާގެ މަންމަ

 ސްޓަރ ވޯރސް އިން މަޝްހޫރުކަން ހޯދި ފިލްމީ ތަރި ކެރީ ފިޝާ މަރުވިތާ އެއް ދުވަސް ފަހުން އޭނާގެ މަންމަވެސް ވަނީ މަރު ވެފައެވެ.

އެ މަންމަ މަރުވުމުގެ ކުރިން ދެއްކި އެންމެ ފަހުގެ ވާހަކައެއް ކަމަށް ވެފައިވަނީ ” އަހަރެން އެދެނީ ކެރީ އާއި އެކީ ވުމަށް” ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ހަރޓް އެޓޭކެއް ޖެހިގެން ނެވެ.

ކެރީ ގެ ކޮއްކޮ ބުނެފައިވާ ގޮތުން އޭނާގެ ދައްތަގެ މަރުގެ ޚަބަރު ވެގެން ދިޔައީ އޭނާގެ މަންމައަށް ކެތް ނުކުރެވޭ ވަރުގެ ހިތާމައެއް ކުރިމަތި ކުރުވި ޚަބަރަކަށެވެ.

މިދިޔަ އަންގާރަ ދުވަހު ކެރީ ފިޝާ މި ދުނިޔެ ދޫކޮށްފައިވާ އިރު، އޭނާގެ މަންމަ ވަނީ މި ދިޔަ ބުދަ ދުވަހު މިދުނިޔެ ދޫކޮށްފައެވެ.

މިހާރު ކެރީގެ މަންމަގެ ހަށިގަނޑު ވަނީ ކެރީގެ ހަށިގަނޑު އޮތް ތަނަށް ގެންދެވިފައިއެވެ.

ކެރީގެ މަންމަގެ އުންމީދު ހާސިލްވީއެވެ. އޭނާގެ ލޯބިވާ އަންހެން ދަރިފުޅު ނެތް ދުނިޔެއެއްގައި އުޅެން ބޭނުން ނުވި ކަމުގެ އުންމީދެވެ.

 

 

93% feel ވަރަށް ސަޅި.
55 :thumbsup: ވަރަށް ސަޅި
0 :heart: ސަޅި
0 :joy: އުފާވި
0 :heart_eyes: ހިންހަމަޖެހޭ
0 :blush: ރީތި
0 :cry: ރޮވުނު
4 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz