ޙައިޟުވެރިއާއި ނިފާސްވެރިޔާ އަދި ޖުނުބުވެރިޔާ ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯ؟

ޙައިޟުވެރިއާއި ނިފާސްވެރިޔާ އަދި ޖުނުބުވެރިޔާ ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ދުޢާކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޙަރާމްވެގެންވަނީ ޚަތިމުގައި ބީހުމެވެ. ވީމާ ޤުރުއާނުގައި ބީހުމަކާއި ނުލައި އެހެން ހުރިހައި ގޮތަކުން ( ފޯނުންބަލައިގެން ނުވަތަ ހިތުން ދަސްކޮށްފައިވާ ޤުރުއާނުގެ ސޫރަތްތައް) ކިޔެވުން ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ހުއްދަވެގެންވެއެވެ.  ސަބަބަކީ ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޤުރުއާން ނުކިޔެވޭނެކަމަށް ޞައްޙަ ދަލީލަކުން އައިސްފައި ނުވުމެވެ.

ހަމަ މިފަދައިން ހުރިހައި ވަގުތެއްގައިމެ ދުޢާކުރުމާއި ޛިކުރުކުރުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން ހައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް ހުއްދަވެގެންވެއެވެ.

 

ޖުނުބުވެރިޔާއަށް ޤުރުއާން ޤުރުއާން ކިޔެވުމާއި ޤުރުއާނުގައި ބީހުން ޙަރާމްވެގެންވެއެވެ. ޢަލީ ރަޟިޔައްﷲގެ ކިބައިން އަބޫ ޔަޢްލާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ޢަލީ ރަޟިޔައްﷲ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم  ވުޟޫ ކުރެއްވުމަށްފަހު ޤުރުއާން ކިޔަވާ ވިދާޅުވިއެވެ.” އަދި އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވި އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. “މިހެން ކަންތައް ކުރުން އޮތީ ޖުނުބުވެރި ހާލަތުގައި ނެތް މީހުންނަށެވެ. ޖުނުބުވެރިން ޤުރުއާން ކިޔެވުމެއް ނެތެވެ. އާޔަތެއްގެ މިންވަރުވެސް ކިޔެވުމެއްނެތެވެ.”

ނަމަވެސް، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި ދުޢާކުރުމާއި އަދި ޛިކުރުގެ ގޮތުގައި ކިޔެވޭ ސޫރަތްތަކާއި ( އިޚްލާޞް، ފަލަޤް، ނާސް) އާޔަތްތައް (އާޔަތުލް ކުރުސީ) ކިޔުން ހުއްދަވެގެންވެއެވެ. ޢާއިޝާ ރަޟިޔައްﷲ ޢަންހާ ރިވާ ކުރައްވާފައިވެއެވެ. “ރަސޫލުﷲ ކޮންމެ ވަގުތެއްގައިމެ މާތްﷲ މަތިން ހަނދުމަ ކުރައްވާ ހުއްޓެވެ.” (މުސްލިމް)

ޖަވާބު ދެއްވީ : އަލްއުސްތާޛާ މަރްޔަމް ޝަބާނާ

 

36% feel ސަޅި.
15 :thumbsup: ވަރަށް ސަޅި
23 :heart: ސަޅި
9 :joy: އުފާވި
7 :heart_eyes: ހިންހަމަޖެހޭ
3 :blush: ރީތި
2 :cry: ރޮވުނު
4 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz